އުނގެނެން ފަހި މާހައުލެއް ޤާއިމުކުރުން


އުނގެނޭ މާހައުލު އެއީ ފަހި މާހައުލެއް ނުވަތަ އުގެނެން އުނދަގޫ މާހައުލަކަށް ވުން ބިނާވަނީ މާހައުލު ބައްޓަން ކުރެވޭ ގޮތަކުންނެވެ. މިކަމަށް ބާރު ފޯރާ އެންމެ އާއްމު ކަންކަމަކީ މުދައްރިސްގެ ސުލޫކު، މުދައްރިސްގެ ސިފަތައް، ދަރިވަރުންގެ ސުލޫކު، ދަރިވަރުންގެ ސިފަތައް، މުޤައްރަރު، ކުލާހުގެ އެތުރުން އަދި ވަގުތާއި މަދަރުސާގެ ޕޮލިސީތަކެވެ.

އެކްސެޕްޝަނަލް ލާރނާރސް - ޙާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން



 ޢިލުމުވެރިންގެ މެދުގައި މިޙާއްޞަ ކުދިން ތަފާތު ގޮތްގޮތަށް ސިފަކުރެވެއެވެ. އެއްގޮތަކީ "އިމްޕަރމަންޓް" ދެވަނަގޮތަކީ "ޑިސްއޭބަލްމަންޓް" އަދި ތިންވަނަ ގޮތަކީ "ޑިސްއޭބަލް މީހުން" މިފަދައިންނެވެ.
އިމްޕެއަރމަންޓްގެ މާނައަކީ، ހިއްސުތަކުގެ، ސިކުޑީގެ، ނުވަތަ ހަށިގަޑުގެ އުނިކަމެއް ނުވަތަ ކޮންމެސްމިންވަރެއްގެ ޢައިބެއްގެ ސަބަބުން ގިނަދުވަހަށް ނުވަތަ މުޅިޢުމުރަށް ނުކުޅެދުންތެރިވުމެވެ.
ޑިސްއޭބަލްމަންޓްގެ މާނައަކީ، ލިބިފައިވާ ހަށިގަޑުގެ އުނިކަމެއް ނުވަތަ ސިކުޑީގެ އުނިކަމެއްގެ ސަބަބުން ވަށައިގެންވާ ވެށިގައި ވަކިއިންތަކެއްގެ ތެރޭގައި ކަންކަން ހަމަޖެހިފައިވާ ގޮތުގެ ސަބަބުން މުޖުތަމަޢުގައި ޢާއްމު މީހުންނެކޭ އެއްފަދައިން އުޅުމުގެ ފުރުޞަތުތައް ހަނިވެ ނުކުޅެދުންތެރިވުމެވެ.

ފަރުދީ ތަފާތުތައް



އުނގަނައި ދިނުމުގައި ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް ވިސްނައި އުނގަނައިދިނުން ބައްޓަން ކުރުމަކީ ބޭނުންތެރި ކަމެކެވެ. މިގޮތުން ކުދިންގެ އާއިލީ ފެންވަރާއި، ސަގާފަތާއި ކުދިންގެ ބޭނުންތަކަށް ވިސްނަން ޖެހެ އެވެ. 

Socioeconomic Status (SES) ޢާއިލާގެ އިޤްތިޞާދީ ފެންވަރު
ޢާއިލާގެ އިޤްތިޞާދީ ފެންވަރު  މައިގަޑުގޮތެއްގައި ބެލެވެނީ ލިބޭ އާމުދަނީ، ކުރާމަސައްކަތް އަދި ތަޢުލީމީ ފެންވަރުންނެވެ. ރިސާރޗްތަކުން ހާމަ ކުރާގޮތުގައި ޢާއިލާގެ އިޤްތިޞާދީ ފެންވަރު ދަރިވަރުންގެ ސުލޫކަށާއި، ދެކޭގޮތްތަކަށާއި، ކުރެވޭ ތަޖުރިބާތަކަށާއި، ވިސްނުމަށާއި އަދި މަދުރަސީ ކާމިޔާބަށް ވަރަށް ބޮޑު އަސަރު ތަކެއް ކުރުވައެވެ.

ވަޒަންކުރުން




އިމުތިހާނު ކުރުމާއި ވަޒަން ކުރުން ނުވަތަ އެސެސްމަންޓް އެންޑް އިވަލުއޭޝަންއަކީ މަދުރަސީ ނިޒާމުގައި ވަރަށްބޮޑު އަހަމިއްޔަތު ކަމެއް ދީފައިވާ މަސައްކަތެކެވެ. މިމަސައްކަތުގެބޭނުމަށް ބަލާލާއިރު ދެމަސައްކަތުގައި ތަފާތުކަމެއް ވާކަން ފާހަގަ ކުރެވެއެވެ. މިތަފާތުތައް ވަކިވަކިން ތިރީގައިވާ ތާވަލުގައި ދެވިފައިއެވަނީއެވެ.

ލާރނިން ސްޓައިލާއި ގުޅޭ ކުލާސްރޫމުގެ އެކްޓިވިޓީތައް




އުނގެނުމުގެ ވައްތަރުތަކަށް ބިނާކޮށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދެވިދާނެ އެވެ. މިގޮތުން ކުރިއަށް ގެންދެވިދާނެ ބައެއް ހަރަކާތްތައް ހިމަނާލާނަމެވެ.

އުނގެނުމުގެ ވައްތަރުތައް





އުނގެނުމުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތިން ވައްތަރެކެވެ. އެއީ:

ޝައުޤުވެރިކުރުވުމުގެ ނަޒަރިއްޔާ




ތަޢާރަފު
ޝައުޤުވެރިކަމަކީ ވަކި ކަމެއް ނުވަތަ ލަނޑުދަނޑިއެއް ޙާޞިލު ކުރުމަށްޓަކައި އެ ދިމާއަށް ކުއްޖާ އަމާޒުކުރުވާ އެކަމަށް ބާރުފޯރުވާ، އެކަން ޙާޞިލު ކުރުމަށް ތަފާތު ކަންތައްތައް ކުރުވާ ބާރެވެ. މޯޓިވޭޝަނަކީ ކުއްޖާގެ ސުލޫކު އުތުރުވާ މިޞްރާބު ކުރުވާ ރައްކާތެރިކޮށްދޭ ހަށިގަނޑުގެ އެތެރޭގެ ބާރެކެވެ.

އިޖުތިމާއީ މަޢުރޫފީ އުނގެނުމުގެ ނަޒަރިއްޔާ




އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢުލުމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާއި ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު  ވަކިގޮތަކަށް ބަދަލުވުން ކަމުގައި ބަންދޫރާ (1986) ހާމަކުރައްވަ އެވެ. މި ނަޒަރިއްޔާގައި ބަންދޫރާ ފާހަގަކުރާ މައިގަނޑު މަފްހޫމަކީ 'ރިސިޕްރޮކަލް ރިލޭޝަންޝިޕް' ނުވަތަ ދެކޮޅަށް ދެމިގެންވާ ގުޅުމެވެ. އެ މަފްހޫމުގެ ތަފްސީލުގައި ބަންދޫރާ ހާމަކުރައްވަނީ މި ގުޅުމުގައި މައިގަނޑު 3 ބައެއް ވާކަމަށެވެ. އެއިން ކޮންމެ ބައެއް އެއްކަމާ އަނެއްކަން ވަނީ ގުޅިލާމެހިފަ އެވެ.

ބިނާއީ އުނގެނުމުގެ ނަޒަރިއްޔާ



ފިލޯސަފަރުންނާއި، މުޤައްރަރު ފަރުމާކުރުންތެރިންނާއި ނަފުސާނީ ޢިލްމުވެރިންނާއި މުދައްރިބުންގެ ނަޒަރުގައި ދަރިވަރުންނަށް އުނގެނުމަކީ މާނަހުރިކަމަކަށް ހަދައިދީ، އަދި އުނގަނައިދިނުމަށް ފަސޭހައީ ފަރުދީ އަދި އިޖުތިމާއީ ހަރާތްތަކުގެ ތެރެއިންނެވެ. މި ކަމަށް ބާރުއަޅާ އުނގެނުމުގެ ނަޒަރިއްޔާއަކީ ބިނާއީ (ކޮންސްޓްރަކްޓިވިޒަމް) އުނގެނުމުގެ ނަޒަރިއްޔާ އެވެ.

މަޢުރޫފީ އުނގެނުމުގެ ނަޒަރިއްޔާ 2



މައުރޫފީ ތަރައްޤީގެ ހަރުފަތްތައް
ޕިއަޖެޓް ޤަބޫލުކުރައްވާގޮތުގައި ކޮންމެ މީހަކުވެސް ފުރާފުރިހަމަވެގެންދަނީ މައިގަނޑު 4 މަރުޙަލާއެއް ކަޑައްތުކުރުމަށް ފަހުގަ އެވެ. މިގޮތުން، އުމުރުގެ އެކި މަރުހަލާގައި ވިސްނުމާއި ފިކުރީ ކުރިއެރުންތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަމަށް ފާހަގަކުރައްވަ އެވެ. މިގޮތުން ފާހަގަކޮށްލެވޭ 4 ހަރުފަތަކީ:
(ހ) ޅަފަތުގެ އުމުރު (ސެންސަރީ މޯޓޯ)
(ށ) ޕްރީ އޮޕަރޭޝަން
(ނ) ކޮންކްރީޓް އޮޕަރޭޝަނަލް
(ރ) ފޯމަލް އޮޕަރޭޝަން

މަޢުރޫފީ އުނގެނުމުގެ ނަޒަރިއްޔާ




މަޢުރޫފީ ވިސްނުމުގެ ނަޒަރިއްޔާގައި އަލިއަޅުވާލާނީ އިންސާނާގެ ސިކުނޑިއަށް އަންނަ ބަދަލުތަކުގެ ސަބަބުން ސުލޫކަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ. މިގޮތުން، މި ނަޒަރިއްޔާގައި ބަޔާންކުރާ ބައިތައް ބޮޑަށް އަމާޒުވެފައި ހުންނާނީ މަންތިޤީ ގުޅުންތަކާއި ވިސްނުމުގެ ފަލްސަފީބައިތަކަށް އަމާޒުކުރެވިގެންނެވެ. މި ނަޒަރިއްޔާގެ ބާނީ އަކީ  ސްވިޒަލެންޑުގެ ނަފުސާނީ ޢިލްމުވެރިއެއްކަމަށްވާ ޖީން ޕިއަޖެޓެވެ. ޕިއަޖެޓް (1954)ގެ ނަޒަރުގައި ވިސްނުންތަރައްޤީވުމުގައި ބޮޑެތި މީހުންނަށް އެއީ އާދައިގެ ކަމަކަށްވާ ބައެއް ވިސްނުމުގެ ގޮތްގޮތް އެއީ ކުޑަކުއްޖަކަށް އާދައިގެ ގޮތަކަށް ވިސްނާ ގޮތްކަމަށް ނުވެދާނެ އެވެ. އަދި އެއީ ކުޑަކުދިންނަށް އެހާ ފަސޭހަކަމެއް ކަމަށް ނުވެދާނެ އެވެ. ބައެއް ފަހަރަށް އެއީ ވަރަށް ފަސޭހަކަމަކަށްވެސް ވެދާނެ އެވެ. ވިސްނުން ބަދަލުވަނީ އުފަންވީންސުރެ ފުރާފުރިހަމަވުމާހަމައަށް ކަޑައްތުކުރަމުންދާ މަރުހަލާތަކުގައި ފެންނަ ފެނުންތަކާއި، ކުރެވޭ ތަޖުރިބާތަކާއި، އިވޭ އަޑުތަކާއި، ވަށައިގެންވާ މާހައުލުން ކަންކަން ހިނގާބިނގާވާ ގޮތްތަކުން ލިބޭ ޢިބްރަތްތަކުން އެއް މިންގަނޑެއްގެ ތެރެއިންނެވެ.

ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާ _2

 
އިންސާނުން ގަސްތުގައި ކުރާ ކަންތައްތަކަށް 'އޮޕަރެންޓް' އޭ ކިޔަ އެވެ. މި ސުލޫކުން ދަސްކުރާ ނުވަތަ އުނގެނޭ އުނގެނުމުގެ މަސައްކަތަށް ކިޔަނީ 'އޮޕަރެންޓް ކޮންޑިޝަނިން' ނުވަތަ 'އިންސްޓްރްމަންޓަލް ކޮންޑިޝަނިން' (އިރުޝާދީ އާދަތައް) އެވެ. މިއީ، ބީ އެފް ސްކިނަރ ތަޢާރަފްކޮށްފައިވާ މަފްހޫމެކެވެ.

އުނގަނައިދިނުމުގައި ބޭނުންކުރާނެ ފަލްސަފާ – 'ޝަސްތަމާވި'


ތަޢާރަފު
ކޮންމެ ކުއްޖަކީވެސް ޠަބިއީގޮތުން ތަފާތު ކުއްޖެކެވެ. އެހެންކަމުން، ކޮންމެ ކުއްޖަކުވެސް ފިކުރީ، އަފުރާދީ، ޖަޒުބާތީ، ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާއީ ގޮތުން ފުރާ ފުރިހަމަވުމަށްޓަކައި ރައްކާތެރިކަމާއި އަޅާލުމާއި އޯގާތެރިކަމުގެ މާހައުލެއް ބޭނުންވާނެއެވެ. އުނގަނައިދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސްޢޫލިއްޔަތަކީ އަދި ޒިންމާއަކީ މި ބޭނުންތައް ފުރިހަމަ ކޮށްދިނުމަށްޓަކައި ރައްކާތެރި މާހައުލަކާއި، ހިރާހަށް[1] ހޭނުވުމުގެ އިތުރުން ޚިޔާލު ބަދަލުކޮށް، ޙިއްސާކުރުމަށް ދަރިވަރުން އަހުލުވެރި ކުރުވާ، އެކަން ދަރިވަރުންގެ ޠަބީއަތުގައި އަށެގެންނެވުމެވެ. މިކަން ކުޅައުމަށްޓަކައި، އުނގެނުމުގެ ނަޒަރިއްޔާތަކަށް މުދައްރިސުން އަހުލުވެރިވާން ޖެހެއެވެ. އެ ނަޒަރިއްޔާތަކުން ބޭނުންކުރެވިދާނެ ބައިތަކުން ކުލާސްތައް ފައްކާކުރަން ޖެހެއެވެ. އެހެންމެ، އެ ނަޒަރިއްޔާތަކުން ފާހަގަވާ އުނިކަންތައްތައް އުނގައިދިނުމުގައި ދޫކޮށްލާ އަމިއްލަ އުޞޫލުތައް ހިމަނަން ޖެހެއެވެ. މިގޮތުން، މި ލިޔުމުގައި އަލިއަޅުވާލާފައިވާނީ އުނގެނުމުގެ ނަޒަރިއްޔާތަކުގެ ތެރެއަށް ފީނުމަށްފަހު ކިޔަވައިދިނުމުގައި، މުދައްރިސެއްގެ ހައިސިއްޔަތު އަޅުގަނޑު ބޭނުންކުރާނެ، އަމިއްލަ ފަލްސަފާއެއް ކަމުގައިވާ 'ޝަސްތަމާވި'[2]ގެ މައްޗަށް ޚުލާޞާ ނަޒަރަކުންނެވެ.