އުނގެނުމަކީ
މާހައުލުން ގެންދެވޭ މަޢުލުމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާއި ގުޅޭގޮތުން
އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތަކަށް
ބަދަލުވުން ކަމުގައި ބަންދޫރާ (1986) ހާމަކުރައްވަ އެވެ. މި ނަޒަރިއްޔާގައި
ބަންދޫރާ ފާހަގަކުރާ މައިގަނޑު މަފްހޫމަކީ 'ރިސިޕްރޮކަލް ރިލޭޝަންޝިޕް' ނުވަތަ
ދެކޮޅަށް ދެމިގެންވާ ގުޅުމެވެ. އެ މަފްހޫމުގެ ތަފްސީލުގައި ބަންދޫރާ
ހާމަކުރައްވަނީ މި ގުޅުމުގައި މައިގަނޑު 3 ބައެއް ވާކަމަށެވެ. އެއިން ކޮންމެ
ބައެއް އެއްކަމާ އަނެއްކަން ވަނީ ގުޅިލާމެހިފަ އެވެ.
މާހަލުން ފެންނަކަމެއް އެމީހެއްގެ ވިސްނުމުން އެކަމެއް
ކުރުމަށް ބޭނުންވުމާއި ގަޔާވުމާއި ކުރެވުމުގެ ކުޅަދާނަކަން ހުރުމާއި، އޭނާގެ
ދީނާއި ޢަޤީދާއާ ޤަބޫލުކުރާކަން ތައްތައް އެކަމާ ތަޢާރަޟް ނުވާނަމަ ކުރާހިތްވުމާއި
މިހުރިހާ ކަމެއްގެ ތެރެއިން އެކަމެއް އޭނާ ކުރެއެވެ.
މޮޑެލިން (ނަމޫނާ ބެލުން): ބަންދޫރާގެ މޮޑެލިން
މަފްހޫމުގައި ނަކަލުކުރެވޭ ގޮތް: ކުދިންގެ ވަށައިގެން އުޅޭ އެކިއެކި މީހުން
ކުރާކަންތައްތައް ބަލާ ނަކަލުކޮށްގެން އެކަން އެގޮތަށް މޮޑެލްކުރެ އެވެ. ނުވަތަ
އެކަން ފެނުނު ގޮތަކަށް ނަކަލުކުރެއެވެ. މިގޮތުން ބަންދޫރާ ފާހަގަ ކުރާގޮތުގައި
މޮޑެލިންގެ ވައްތަރުތައް ތިރީގައިވާ ތާވަލުގައި އެވަނީއެވެ.
މޮޑެލިންގެ ވައްތަރުތައް
އެހެންމީހުންގެ ފުށުން އުގެނުން (ވިކޭރިއަސް ލަރިނިންގ)
މިއީ އެހެންމީހުންގެ
ތަޖުރިބާއިން ދަސްކުރުން ނުވަތަ އުނގެނުމެވެ. އާއްމުކޮށް މިގޮތަށް އުނގެނެވެނީ
އެހެންމީހުންނަށް ދިމާވާ ކަންކަމުގެ ނަތީޖާއަށް ބަލައިގެން އޭނާގެ ސުލޫކު
ވަކިގޮތަކަށް ބަދަލު ކުރުމުންނެވެ. މިގޮތުން، ވިކޭރިއަސްކޮށް އުނގެނޭ އިރު ބައެއް
ފަހަރު ވަކިކަހަލަ ކަމަކުން ދުރުވާ ފަދަ ކަމެއް ދިމާވުމުން ކިޔަނީ ވިކޭރިއަސްކޮށް
ޕަނިޝްވުމެވެ. އަދި ވަކިކަމެއް ކުރާހިތް ކުރުވުން ނުވަތަ ކުރުން އިތުރުވާ
ގޮތްވާނަމަ ކިޔާނީ ވިކޭރިއަސް ރިއިންފޯސްމަންޓެވެ. ތިރީގައި އެވަނީ
މިސާލުތަކެކެވެ.
ވާހަކަދެއްކުމުގެ
ކުލާހުގައި ކުރިއަށް ދިޔައީ ހަމްދު ސަނާ ކިއިދާނެ ގޮތްތައް އެކި ކުދިން
ހުށަހެޅުމެވެ. ނަޖޫދު އިނީ ކުލާހުގައި ފާހިރާ ހުށަހެޅުން ހުށަހެޅިއިރު ބަލާށެވެ.
ފާޚިރާ ހުށަހެޅުމުން މުދައްރިސް ވަރަށް ތަޢުރީފުކޮށް ހިތްވަރުދިނެވެ.
އެހެންކަމުން، ހަމަ އެ އުޞޫލު ބޭނުންކޮށް ނަޖޫދުވެސް ހުށަހަޅަން
މަސައްކަތްކުރިއެވެ. (ވިކޭޝަނަލް
ރިއިންފޯސްމަންޓް).
ޚަދީޖާ ކުލާހުގައި
މަސައްކަތް ކުރާއިރު، ވަރަށް ގިނައިން އަޑުލައްވާ ކަންތައްކުރެއެވެ. ކޮންމެ
މަސައްކަތެއް ކުރި ކަމުގައިވީނަމަވެސް އޭނާ އަނގައިން ޒާތެއްގެ އަޑެއް
ބޭރުކުރެއެވެ. އެހެންވެ ނާޒިމާއަށް އުނދަގޫވާތީ މަސައްކަތް ކުރާ ވަގުތު އޭނާ
ޖެހިގެން ހުންނަ ހުސްގޮނޑިއަށް ބަދަލުވެ އެވެ. (ވިކޭރިއަސް ޕަނިޝްމަންޓް)
ބަލައިގެން އުނގެނުން
ބަންދޫރާ ފާހަގަ
ކުރާގޮތުގައި ކުދިން އުނގެނޭއިރު ކަންކަން ކުރާގޮތް ބަލައިގެން އުނގެނެއެވެ.
ހަމައެކަނި ބަލައިގެން ދަސްކުރަނީކީ ނޫނެވެ، އެކަމެއް ކޮށްފި ނަމަ ވާނެގޮތްވެސް
އެނގެއެވެ. ޙަޤީޤަތުގައި ބަލައިގެން އުނގެނުން މިއީ ވަރށް ބިޑު އަހަމިއްޔަތެއް
ދޭންޖެހޭ އުނގެނުމުގެ ވައްތަރެކެވެ، ބަލައިގެން އުނގެނުމަށް ފުރުޞަތު
ދިނުމަށްޓަކައ ކިޔައިދިނުމުގައި ބޭނުން ކުރުމަށްޓަކައި އަންނަވި ކަންތައްތަކަށް
ވިސްނަން ޖެހެއެވެ.
Ø
ސަމާލުކަން (Attention)
Ø
ދެކެފައިވާ ކަމެއް ހަނދާނަށް ގެނައުން (retention)
Ø
ބެލުމަށްފަހު އަމިއްލައަށް ކުރުމުގެ ޤާބިލުކަން (Production)
Ø
ކަމެއް ކުރުން (performance)
އަމިއްލައަށް ކަންކަން ބެލެހެއްޓުން (Self-Regulation)
ބަންދޫރާ ފާހަގަ ކުރާގޮތުގައި މާހައުލުން ބަލައިގެން އުނގެނުނަސް އަދި
މޮޑެލިން މެދުވެރިކޮށް އުނގެނުނަސް ނުވަތަ ވިކޭރިއަސްކޮށް އުނގެނު ކަމުގައިވިޔަސް
މިއިން ކޮންމެ ބާވަތެއްގައިވެސް ސެލްފް ރެގިއުލޭޝަން ވަރަށް ބޮޑު ދައުރެއް
އަދާކުރެ އެވެ. ސެލްފު ރެގިއުލޭޝަނަކީ ޚާސިލުކުރަން ބޭނުންވާ ގޯލާ ހަމައަށް
ދިޔުމަށްޓަކައި ވިސްނުމާއި ސުލޫކު އަދި އީހްސާސްތައް ވިކގޮތަކަށް
ކޮންޓްރޯލްކުރުމެވެ. ސްލެފް ރެގިއުލޭޓަޑް އުނގެނުން ލިބިފައިވާ ކުދިންގެ
ކިބައިގައި ވަރަށް މުޙިއްމު ދެ ބާވަތެއް ހިމެނެއެވެ، އެއީ، އުނގެނުމުގެ ތަފާތު
ހުނަރުތަކާއި އަމިއްލަ ނަފުސު ކުރުމުގެ ފުރިހަމަ ޤާބިލުކަން، މި ދެކަމުގެ ސަބަބުން
ބޭނުންވާ ގޯލް ޙާސިލުކުރުމަށް ފަސޭހަވެގެންދެއެވެ. މީގެ މާނައަކީ އެކުދިންގެ
ކިބައިގައި ކިޔެވުމުގެ ހުނަރާއި އުނގެނުމުގެ ޢަޒުމު ލިބިގެންވާ ވާހަކައެވެ.
ސެލްފް ރެގިއުލޭޓެޑް
އުނގެނުމަށް އަސަރުކުރާ ކަންތައްތައް
ސެލްފް
ރެގިއުލޭޓް ލާނާސްއަށް އަސަރު ކުރާ މައިގަނޑު 4 ކަމެއްވެއެވެ. އެއީ،
ކިޔަވައިދިނުމުގައި ސެލްފް ރެގިއުލޭޝަން ބޭނުންކުރާނެ ގޮތް
ކިޔަވައިދޭ ބައިތަކާއި އެކު އެބައިތައް ދަސްކުރާނެ ގޮތާއި ފަރިތަ ކުރާނެ
ތަފާތު ގޮތްގޮތަށް ބުނެދެމުން ދިޔުން
މުދައްރިސްގެ ކިބައިން ސެލްފް ރެގިއުލޭޝަންގެ މިސާލާއި ނަމޫނާ ދެއްކުން
ގިނަ ވައްތަރު ވައްތަރުގެ ކިޔަވާ ގޮތްތައް ކިޔައިދިނުން
ވަކި ކަހަލަ ގޮތެއް ކިޔެވުމަށް ބޭނުންކުރާނޫ ކޮންބާވަރެއްގެ މައުލޫމާތަކާއި
އެކު ކަން ބުނެދިނުން
އަލަށް ދަރިވަރުން މިކަމަށް ހާނުވަން ފަށާއިރު އެސައިންމަންޓްގެ ސިފައިގައި
މަސައްކަތްތައް ދިނުން
ފުރަތަމަ ދުވަސްކޮޅު ކުރެވޭ ކަންކަން އަމިއްލައަށް ވަޒަންކުރަން
ހިތްވަރުދިނުން
ގުރޫޕުގައި މަސައްކަތް ކުރުމުގައި އަބަދުވެސް އެހީތެރިވެދިނުން
މައުލޫމާތު:
އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް ސައިކޮލޮޖީ (EST 103). ސްޓަޑީގައިޑް. ސެންޓަރ ފޯރ އޯޕަންލާނިންގ، ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރަސިޓީ: މާލެ.
No comments:
Post a Comment
ޚިޔާލު ފާޅުކުރައްވާ