ތަޢާރަފު
ޝައުޤުވެރިކަމަކީ ވަކި ކަމެއް ނުވަތަ ލަނޑުދަނޑިއެއް ޙާޞިލު ކުރުމަށްޓަކައި
އެ ދިމާއަށް ކުއްޖާ އަމާޒުކުރުވާ އެކަމަށް ބާރުފޯރުވާ، އެކަން ޙާޞިލު ކުރުމަށް
ތަފާތު ކަންތައްތައް ކުރުވާ ބާރެވެ. މޯޓިވޭޝަނަކީ ކުއްޖާގެ ސުލޫކު އުތުރުވާ
މިޞްރާބު ކުރުވާ ރައްކާތެރިކޮށްދޭ ހަށިގަނޑުގެ އެތެރޭގެ ބާރެކެވެ.
ބިހޭވިއަރިސްޓުންގެ
ނަޒަރިއްޔާތާއި ޝައުގުވެރިކަން
ü މަޝްހޫރު ދެ ނަޒަރިއްޔާތެއް ފާހަގަ
ކުރެވެއެވެ. އެއީ،
ބީ އެފް ސްކިނަރގެ ނަޒަރިއްޔާތު
ސްކިނަރ
ފާހަގަކުރައްވާ ގޮތުގައި ޝައުޤުވެރިކަން ގުޅުވާފައިވަނީ ތަރުޙީބު ދިނުމާއި
ހިތްވަރު ދިނުމާއެވެ. ކުދިންގެ ކިބައިން ފެންނަ ރަނގަޅު ސުލޫކުތަކަށް ހިތްވަރުދީ ހެދުމުން
އެކަން ތަކުރާރު ކުރުމުގެ ޝައުޤުވެރިކަން ހިތުތެރޭގައި އުފެދެއެވެ. ޝައުޤުވެރިކަން
ގުޅިފައިވަނީ ތަފާތު ހިތްހަމަޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ
ތަޖުރިބާތަކާއި، އަދި ހިތްހަމަ ނުޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކުގެމައްޗަށް
ބިނާކޮށެވެ. މިސާލު: އިނގިރޭސި ކުލާހަށް އެއްބަޔަކު ވަރަށް ގަޔާވެގެން
ވަންނަ އިރު އަނެއް ބަޔަކަށް އެއީ ޖަލަކަށް ދިއުން ފަދަ ކަމެކޭ ހީވުމަކީ
އެކަށީގެންވާ ކަމެއްކަމަށް ދެކިލައްވަ އެވެ. ސްކިނަރ ހާމަކުރައްވާ ގޮތުގައި މި
ފަދަ އިޙުސާޞްތައް ގުޅިފައި ވަނީ ކުރިން ކުރެވިފައިވާ ތަޖުރިބާގެ މައްޗަށެވެ. ސްކިނާރގެ
ނަޒަރުގައި އިނާމު ދީގެން ޝައުޤުވެރިކަން އިތުރު ކުރެވިދާނެ އެވެ. ނަމަވެސް، އިނާމު ދިނުމުގައި ބަލަންޖެހޭ 3 ނުކަމެއް ވެ އެވެ. އެއީ،
ü އިނާމު ދޭންޖެހޭނީ ކުދިން އަމިއްލައަށް
ޝައުޤުވެރި ނުވާ ކަންކަމަށް
ü އިނާމު ކަނޑައެޅި ކަންކަން
ފުރިހަމަކުރި މިންވަރަށް ބަލައިފައި އިނާމު ދިނުން
ü ދެވޭ އިނާމަކީ ކުރާ މަސައްކަތް
ފުރިހަމަ ކުރުމަށް ބާރުއަޅާ ފަދަ ގޮތަކަށް ދެވޭ އެއްޗަކަށް ވާންޖެހޭނެ.
އަލްބަޓް ބަންޑޫރާގެ ނަޒަރިއްޔާތު
ބަންޑޫރާ ދެކޭ
ގޮތުގައި ކަންކަން ދަސްކުރަނީ ބަލައިގެން، ނަކަލު ކޮށްގެން، އެހެން މީހުންގެ
އެފަދަ ތަޖުރިބާތައް އަޑުއަހައިގެން، ދެނެގަނެވިގެން، ފެނިގެން ފަދަ ގޮތްގޮތަށެވެ.
މިސާލު: ކިޔަވައިދިނުމުގެ ތަޖުރިބާގެ ދުވަސްވަރު ޢަލީގެ ކިޔަވައިނުމާމެދު
ލެކްޗަރަރ ހިންހަމަޖެހުނު ވާހަކަ ދެއްކުމުން އެކަން އަޑުއަހަން ހުރި މުޙައްމަދު
އޭނާގެ ކިޔަވައިދިނުން ވެސް އެފަދަ ގޮތަކަށް ގެންދިއުމަށް މަސައްކަތް ކުރުމެވެ.
ހިޔުމަނިސްޓުންގެ ނަޒަރިއްޔާތާއި ޝައުޤުވެރިކަން
މި ނަޒަރިއްޔާގެ
ބާނީއަކީ، އަބްރަހަމް މާސްލޯ އެވެ. އިންސާނުންގެ ޝައުޤުވެރިކަމާއި ގުޅިފައިވަނީ
އޭނާގެ ތަފާތު ބޭނުންތަކާއެވެ. ކޮންމެ ބޭނުމެއް އެއް ބޭނުމެއް ފުއްދުމަށް ފަހު
އަނެއް ބޭނުމެއް ފުއްދުމަށް ޝަވްޤުވެރިކަން އިތުރު ކުރެއެވެ. މި ނަޒަރިއްޔާ ބުނާ
ގޮތުން ކުލާހުގައި ކުއްޖާގެ ޝައުޤުވެރިކަން އިތުރު ކުރުމަށް ދެ ކަމެއް އޮންނަން
ޖެހެއެވެ. އެއީ ދަރިވަރާއި މުދައްރިސާ ދެމެދު ހަރުދަނާ ގުޅުމެއް އޮތުމާއި ކުލާހުގެ
މާހައުލުގައި ހަރުދަނާކަމާއި ރަނގަޅުކަން އޮތުމެވެ.
މަސްލޯގެ ހައިރާކީ އޮފް ނީޑްސް
މަޢުރޫފީ ނަޒަރިއްޔާތުތަކާއި ޝައުޤުވެރިކަން
މި ނަޒަރިއްޔާގައި
މީހުންގެ ސުލޫކު ގުޅިފައިވަނީ އެމީހުން ވިސްނާ ވިސްނުންތަކާ އެވެ. އެއްވެސް
ހާލެއްގައި ކުރިން މީހަކު ދިން އިނާމަކުން ނުވަތަ ދިން އަދަބަކުން ވަކިކަހަލަ
ސުލޫކެއްގެ މަތީގައި ދެމި ހުރުމަށް މީހާގެ ޢަޒުމް ކަނޑަނޭޅޭނެ އެވެ. މި ރަޢުޔުގެ
މީހުން ސިފަ ކުރެވެނީ ބަދަހި ރޯލެއް އަދާކުރާ އަމިއްލައަށް މަޢުލޫމާތު ހޯދާ
އުނގެނުމަށް މަސައްކަތް ކުރާ އަދި މައްސަލަތައް އަމިއްލައަށް ޙައްލުކުރާ
ފަރާތްތަކެއްގެ ގޮތުގަ އެވެ.
މި ރަޢުޔުގެ މައްޗަށް
މައިގަނޑު 4 ތިއަރީއެއް ތަފާތު ގޮތްގޮތަށް ބަޔާންކޮށްފައިވެ އެވެ. އެއީ،
1.
ހާސިލުކުރަން ބޭނުންވާ ކަންކަމާއި އުއްމީދުތަކާއި ގުޅިފައިވާ ނަޒަރިއްޔާ (expectancy)
2.
އަމިއްލަ ނަފުޒުގެ ޤާބިލުކަމާއި ގުޅިފައިވާ
ނަޒަރިއްޔާ (self-efficacy)
3.
ލަނޑުދަނޑި އާއި ލަނޑުދަނޑުތަކާއި ގުޅޭ ވިސްނުން
ހިމެނޭ ނަޒަރިއްޔާ (goals and goal oriented)
4.
ކަމެއް ހާސިލުކުރުމުގައި ކާމިޔާބާއި ނާކާމިޔާވު
ހިއްސާވާ މިންވަރާ ގުޅޭ ނަޒަރިއްޔާ (attribution)
ޝައުޤުވެރިކަމަށް އަސަރު ކުރުވާ ކަންކަން
ޝައުޤުވެރިކަމަށް
އަސަރު ކުރުވާ ތަފާތު ގޮތްތައް ހުރެއެވެ. މިގޮތުން އާއްމުގޮތެއްގައި
ޝައުޤުވެރިކަމަށް އަސަރުކުރުވަނީ (1) އަމިއްލަ ނަފުސުގެ އަގުވަޒަން ކުރެވޭ ގޮތުން
(self-worth) އަދި (2) ހާސްވުން (anxiety) އެވެ.
ކްލާސްރޫމުގައި ޝަވްޤުވެރިކަން އިތުރު ކުރުމަށް ބޭނުންކުރެވިދާނެ ބައެއް
އުޞޫލުތައް
1. ޓާސްކް: އުނގެނުމަކީ ކުދިންނަށް މާނައެއް ހުރި އެއްޗަކަށް ހެދުން
2. ކުދިންގެ
ޒިންމާ: ވީހާވެސް ބޮޑަށް
މަޞްޢޫލިއްޔަތުތަކުގައި މިނިވަންކަން ދިނުން
3.
ފާހަގަކުރުން: އުނގެނުމުގައި ފާހަގަ ކުރެވުމަށް
ހުރިހާ ދަރިވަރުންނަށް ވެސް ފުރުޞަތުތަކެއް މަގުފަހިކޮށްދިނުން
4. ކުދިން
ގްރޫޕު ކުރުން: ގިނަ ކުދިންގެ މެދުގައި
ވާހަކަދެކެވި މަޝްވަރާ ކުރުމަށް ފުރުޞަތު ހުޅުވުން
5.
ވަޒަންކުރުން: ސްޓޭންޑަޑައިސް ގޮތްތައް
ބޭނުންކޮށްގެން ކުދިންގެ ގްރޭޑްތައް ހެދުން
6. ވަޤުތު: ކުދިންގެ ވައިވެރިވުން ލިބޭ ފަދަ ފުރުޞަތުތައް ދެވި
ކުދިންގެ އުނގެނުމަށް ހޭދަކުރާ ވަގުތުތައް އެކުދިންގެ ބޭނުންތަކާއި ގުޅޭފަދަ
ގޮތަކަށް އިޚްތިޔާރު ކުރުމުގެ ފުރުޞަތު ދިނުން.
މައުލޫމާތު
އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް ސައިކޮލޮޖީ (EST 103). ސްޓަޑީގައިޑް. ސެންޓަރ ފޯރ އޯޕަންލާނިންގ، ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރަސިޓީ: މާލެ.
No comments:
Post a Comment
ޚިޔާލު ފާޅުކުރައްވާ