އިންސާނުން
ގަސްތުގައި ކުރާ ކަންތައްތަކަށް 'އޮޕަރެންޓް' އޭ ކިޔަ އެވެ. މި ސުލޫކުން ދަސްކުރާ
ނުވަތަ އުނގެނޭ އުނގެނުމުގެ މަސައްކަތަށް ކިޔަނީ 'އޮޕަރެންޓް ކޮންޑިޝަނިން' ނުވަތަ
'އިންސްޓްރްމަންޓަލް ކޮންޑިޝަނިން' (އިރުޝާދީ އާދަތައް) އެވެ. މިއީ، ބީ އެފް ސްކިނަރ ތަޢާރަފްކޮށްފައިވާ
މަފްހޫމެކެވެ.
އޮޕަރެންޓް
ކޮންޑިޝިނަކީ، އިންސާނާގެ ސްލޫކުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށް އިނާމެއް ނުވަތަ
އަދަބެއް ލިބޭ ލިބުމުގެ މަގުން އޭނާއަށް
ދަސްވާ ދަސްވުންތަކެވެ. މިކަމުގެ މިސާލުތައް އަޅުގަނޑުމެންގެ ޙަޔާތުގައި
ވަރަށް ގިނައިން ފެންނަން އެ ބަހުއްޓެވެ. މިސާލަކަށް، ޓީޗަރުގެ ކިބައިން ނުވަތަ
ބެލެނިވެރިޔާގެ ކިބައިން އިނާމު ލިބިގަތުމުގެ ބޭނުމުގައި ގެއަށް ހަވާލުކުރެވޭ
މަސައްކަތްތައް ނިންމާ ދަރިވަރުންނާއި، ވަޒީފާގެ ކުރިއެރުން ލިބިގަތުމަށް
އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް ނިންމަމުންދާ މުވައްޒަފުންނެވެ.
މި މިސާލުތަކަށް ބަލާއިރު، ސުލޫކު ބަހައްޓާގޮތަކުން އެ ސުލޫކަށް އިނޭމެއް
ލިބޭނެކަން މީހާއަށް އެނގިފައި އޮތުމުން، އޭނާގެ ސުލޫކު އިތުރުވެގެން ދެއެވެ.
ހިތްވަރުދިނުމަކީ
(ރެއިންފޯސްމަންޓަކީ) ސްލޫކުގައި ހުރި ކަމެއް ދިރުވާ އާލާކޮށް އެކަމެއް
ދެމެހެއްޓުމަށްޓަކައި ނުވަތަ އެކަމަކަށް ބާރުއެޅުމުގެ ގޮތުން ހިންގޭ
ހަރަކާތްތަކެވެ. ނުވަތަ ކުރެވޭ ކަންކަމެވެ. މީގެ އިދިކޮޅަކީ އަދަބު ދިނުމުވެ.
އެހެނީ އަދަބ ދިނުމަކީ ސްލޫކުގައި ހުރި ކަމެއް ފޮހެލުމަށްޓަކައި ނުވަތަ އެކަމަކުން
ދުރުކުރުވުމަށް ބާރުއެޅުމުގެ ގޮތުން ހިންގޭ ހަރަކާތްތަކެވެ. ނުވަތަ ކުރެވޭ
ކަންކަމެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ސްލޫކު ކުރިއަރުވާ ނެގެހައްޓަން ބޭނުން
ނަމަ ހިތްވަރުދޭނެ އެވެ. ސްލޫކީ ކަންކަން ފޮހެލުމަށްޓަކައި ކުރަންޖެހޭ ކަމަކީ
އަދަބު ދިނުމެވެ. ދެ ވައްތަރެއްގެ ހިތްވަރުދިނުމާއި އަދަބުދިނުން ހިމެނެ އެވެ. ތިރީގައިވާ
ހޫލާގައި އެވަނީ މި ބައިތަކުގެ ކުރު ޚުލާޞާ އެކެވެ.
ހަނދާންބަހައްޓަވީ
ނުކުތާއަކީ، ކަމެއްގައި ޝާމިލުކުޅައުމަށް، ނުވަތަ ކަމަކަށް ހިތްވަރުދިނުމަށް
ކުރެވޭ ކަންކަމަކީ އީޖާބީ ކަންކަން ކަމެވެ. ހަމައެހެންމެ، ކަމަކުން ދުރުކުޅައުމަށް
ނުވަތަ ކަމަކުން އެއްކިބައި ކުޅައުމަށް ކުރެވޭ މަސައްކަތްތަކީ ނެގެޓިވް (އިދިކީލި)
އެވެ.
ކަނޑައެޅިފައިވާ
ސުލޫކާ ހަމައަށް ވާސިލުވުމުން ދަރިވަރުންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން
ހިތްވަރު ދިނުމަށް ތަރުޙީބުދިނުމަކީ މުހިއްމު ކަމެކެވެ. މިގޮތުގެ މަތިން
ތަކުރާރުކޮށް ދަރިވަރުންނަށް ތަރުހީބުދެވޭނަމަ ކިޔެވުމާއި ސުލޫކުން އެކަން ވަރަށް
އަވަހަށް ފެންނަން ފަށެއެވެ. އެހެންމެ، ތަރުހީބު ދިނުން ހުއްޓާކައިފި ނަމަ ސުލޫކު
ދަށަށް ދާންވެސް ފަށައެވެ. އެހެންކަމުން، ތަރުހީބު ދިނުމުގައި ބޭނުންކުޅައުމަށް
ތަރުތީބެއްވަނީ ހަމަޖެއްސިފަ އެވެ. މިގޮތުން، މައިގަނޑު 4 ތަރުތީބެއް
މިހައިތަނަށްވަނީ ތަރައްޤީކުރެވިފައެވެ. އެއީ، (1) ފިކްސްޑް ރޭޝިއޯ ޝެޑިއުލް (ނިސްބީ ބަދަހި
ތަރުތީބު)، (2) ވޭރިއެބްލް ރޭޝިއޯ ޝެޑިއުލް(ނިސްބީ އަދަދުގެ ތަރުތީބު)، (3)
ފިކްސްޑް އިންޓަވަލް ޝެޑިއުލް (ބަދަހި ވަގުތުގެ ތަރުތީބު) އަދި (4) ވޭރިއެބްލް އިންޓަވަލް ޝެޑިއުލް
(ވަގުތުގެ އަދަދުގެ ތަރުތީބު) އެވެ.
(1)
ނިސްބީ ބަދަހި ތަރުތީބު:
މިއީ ކަނޑައެޅިފައިވާ ވަކި މިންވަރަކަށް އިޖާބަދިނުމުން/
މަސައްކަތްތައް ފުރިހަމަ ކުރުމުން ދެވޭ
ތަރުހީބެވެ. މިސާލަކަށް، ހިސާބު ގަޑީގައި ހަވާލުކުރާ ހުރިހާ ނަންބަރުތަކެއް
ހެދުމުން ޗޮކްލެޓެއް ދެވިދާނެ އެވެ.
(2)
ނިސްބީ އަދަދުގެ ތަރުތީބު:
މިއީ، ތަރުހީބު ދިނުމަށްޓަކައި "ކަނޑައެޅިގެން
ވަކި މިންވަރެއް ނެތި" (ވަކި ޚާއްޞަ އަދަދެއްނެތި) ދެވޭ ތަރުހީބު
ދިނުމެވެ. މިސާލަކަށް، ހިސާބުގެ މަސައްކަތުގައި ހިމެނޭ 3،5،9 އަދި 15 ނިންމުމުން
އިނާމެއް/ހަދިޔާއެއްދޭ ދިނުމެވެ.
މީގެ ދެވަނަ ވައްތަރަކީ ކަނޑައެޅިފައިވާ ވަކި މިންވަރަކަށް
މަސައްކަތް ފުރިހަމަ ކުރުމުން ހިތްވަރު ދިނުމެވެ. މިސާލަކަށް؛ ހިސާބު ގަނޑީގައި
ހަވާލުކުރާ މަސައްކަތްތަކުން ކޮންމެ 10 ނަންބަރެއް ނިންމުމުން ޗޮކްލެޓެއް
ދިނުމެވެ.
(3)
ބަދަހި ވަގުތުގެ ތަރުތީބު:
މިއީ، ކަނޑައެޅިފައިވާ ވަގުތަކަށް މަސައްކަތް ނިންމުމުން
ދެވޭ ތަރުހީބު ދިނުމެވެ. އެހެން ޢިބާރާތަކުންނަމަ، މަސައްކަތް ކުރި މިންވަރާއި
މަސައްކަތް ކުޅައުމަށް ބޭނުންކުރާ އުޞޫލުތަކާއި ކުރި މިންވަރަށް ސަމާލުވުމެއް ނެތި
ލިބިފައިވާ ވަގުތުގައި މަސައްކަތް ފުރިހަމަ ކުރުމުން ތަރުހީބުދޭ ދިނުމެވެ.
މިސާލަކަށް؛ ކޮންމެ ބުދަ ދުވަހެއްގައި ސުވާލު މުބާރާތެއް ބޭއްވުން ނުވަތަ ހަފުތާ
ބަންދަށް ހަވާލުކުރާ މަސައްކަތް ނިންމުމުން ދެވޭ ތަރުހީބު ދިނުމެވެ.
(4)
ވަގުތުގެ އަދަދުގެ ތަރުތީބު:
މިއީ، ވަގުތު ހޭދަވާ މިންވަރަށް ބަލާ، ވަގުތު ބަދަލުވަމުން
ބަދަލުކުރަމުން ކުރިއަށްގެންދާ މަސައްކަތްތަކަށް ދެވޭ ތަރުހީބެވެ. ދަރިވަރުންނަށް
ޕޮޕް ކުއިޒު ދިނުމަކީ މީގެ މިސާލެކެވެ.
ސްލޫކަށް އެއްމެ އަވަހަށް އެންމެ
ފަސޭހައިން ބަދަލު ގެނެވޭ ގޮތަކީ އަދަބު ދިނުމެވެ. އެހެންނަމަވެސް، މިއީ ވަރަށް
ނުރައްކާތެރި ކަމެކެވެ. މިކަމުގެ ސަބަބުން ތަފާތު އަސަރުތަކެއް ދަރިވަރުންނަށް
ކުރެއެވެ. މިގޮތުން ކުރާ ބައެއް އަސަރުތަކުގެ ތެރޭގައި:
·
އަދަބުދިނުމަކީ ނުހަމަ ގޮތުގައި ބޭނުންކުރުމެއް ކަމަށް
ހީވުން
މިސާލަކަށް: ބައެއް ފަހަރު، ޓީޗަރު އަދަބު ދެވޭއިރު
ދަރިވަރަށް އެދެވެނީ އަދަބެއް ކަމަށް ހީނުވެ ދަރިވަރު ނުހަމަ ގޮތުގައި
ބޭނުންކުރަނީ ކަމަށް ހީވެއެވެ.
·
އަދަބު ދިނުމުން އެހެން
މައްސަލަތައް ނުކުތުން: އަދަބުދެވޭ
މީހާދެކެ ގިނަފަހަރަށް އަދަބު ލިބޭ ފަރާތް؛ ދަރިވަރުން ރުޅިއައިސް ހިތްހަމަ
ނުޖެހެއެވެ.
ހަނދާންބަހައްޓަންވީ ކަމަކީ، އަދަބު ދިނުމަކީ އެއްމެ ފަހުގެ
ހަތިޔާރުކަމެވެ. ޚާއްޞަކޮށް އީޖާބީ އެއްވެސް ޖިސްމާނީ އަދަބެއް ނުދިމަށެވެ. މީގެ
ބަދަލުގައި ނެގެޓިވް އަދަބު ދިނުން ބޭނުންކުރުމަށެވެ. އެހެންމެ، މުދައްރިސްވާންވީ،
ސްލޫކުރަނގަޅު ކުރުމަށްޓަކައި ތަރުހީބުދިނުމުގެ އުޞޫލުތައް އެކިގޮތްގޮތަށް
ބޭނުންކުރާ މީހަށް ވުމަށެވެ. އެކި ފަހަރު އެކި ގޮތްގޮތެވެ. އަބަދު އެއްގޮތް
ބޭނުންކުރުމުން ކުދިން އެކަންތައްތަކަށް ހޭނޭނެތީ އެވެ.
No comments:
Post a Comment
ޚިޔާލު ފާޅުކުރައްވާ