މަޢުރޫފީ އުނގެނުމުގެ ނަޒަރިއްޔާ




މަޢުރޫފީ ވިސްނުމުގެ ނަޒަރިއްޔާގައި އަލިއަޅުވާލާނީ އިންސާނާގެ ސިކުނޑިއަށް އަންނަ ބަދަލުތަކުގެ ސަބަބުން ސުލޫކަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ. މިގޮތުން، މި ނަޒަރިއްޔާގައި ބަޔާންކުރާ ބައިތައް ބޮޑަށް އަމާޒުވެފައި ހުންނާނީ މަންތިޤީ ގުޅުންތަކާއި ވިސްނުމުގެ ފަލްސަފީބައިތަކަށް އަމާޒުކުރެވިގެންނެވެ. މި ނަޒަރިއްޔާގެ ބާނީ އަކީ  ސްވިޒަލެންޑުގެ ނަފުސާނީ ޢިލްމުވެރިއެއްކަމަށްވާ ޖީން ޕިއަޖެޓެވެ. ޕިއަޖެޓް (1954)ގެ ނަޒަރުގައި ވިސްނުންތަރައްޤީވުމުގައި ބޮޑެތި މީހުންނަށް އެއީ އާދައިގެ ކަމަކަށްވާ ބައެއް ވިސްނުމުގެ ގޮތްގޮތް އެއީ ކުޑަކުއްޖަކަށް އާދައިގެ ގޮތަކަށް ވިސްނާ ގޮތްކަމަށް ނުވެދާނެ އެވެ. އަދި އެއީ ކުޑަކުދިންނަށް އެހާ ފަސޭހަކަމެއް ކަމަށް ނުވެދާނެ އެވެ. ބައެއް ފަހަރަށް އެއީ ވަރަށް ފަސޭހަކަމަކަށްވެސް ވެދާނެ އެވެ. ވިސްނުން ބަދަލުވަނީ އުފަންވީންސުރެ ފުރާފުރިހަމަވުމާހަމައަށް ކަޑައްތުކުރަމުންދާ މަރުހަލާތަކުގައި ފެންނަ ފެނުންތަކާއި، ކުރެވޭ ތަޖުރިބާތަކާއި، އިވޭ އަޑުތަކާއި، ވަށައިގެންވާ މާހައުލުން ކަންކަން ހިނގާބިނގާވާ ގޮތްތަކުން ލިބޭ ޢިބްރަތްތަކުން އެއް މިންގަނޑެއްގެ ތެރެއިންނެވެ.

އިންސާނުންގެ ވިސްނުން ތަރައްޤީވުމަށް ނުފޫޒުފޯރާ ބަހާތައް
ޕިއާޖެޓް  (1970)ގެ ނަޒަރުގައި ވިސްނުމުގެ މިންވަރު ފުޅާކޮށް ތަރައްޤިކުރުމަށް ނުފޫޒު ފޯރަނީ މައިގަނޑު 4 ކަމެއްގެ ސަބަބުންނެވެ. އެއީ؛ (1) ހެދިބޮޑުވުން، (2) ހަރަކާތްތައް، (3) އިޖުތިމާއީ ތަޖުރިބާ އަދި (4) މުވާޒަނަތު ((equilibration އެވެ.  


(1) ހެދިބޮޑުވުން:
 އިންސާނީ ހެދިބޮދުވުމަކީ ވިރާސީގޮތުން ރޭވިފައިވާ، ޠަބިޢީ ގޮތުން ވަގުތާއެކު އުފެދޭ ބަދަލުތަކެވެ. ނުވަތަ ޖިސްމާނީ ގޮތުން ވިރާސީ ބައިތަކަށް އަންނަ ބަދަލުތަކުގެ ސަބަބު އަންނަ ބަދަލުތަކެވެ. މި ބަދަލުތަކަކީ އަހަރުމެން ދުނިޔެ ދެނެގަންނަގޮތަށް ގެނުވާ ބަދަލުތަކެވެ. އެކަންތައްތައް މެދުވެރިވުމަށް ދިމާވާކަންތައްތަކެވެ. މަޢުރޫފީ ނުވަތަ ވިސްނުމުގެ ބައިގެ މައްޗަށް މައިންބަފައިންނަށާއު މުދައްރިސުންނަށް ބާރުފޯރުވެނީ، ވަރަށް ކުޑަމިންވަރަކަށެވެ. ހަމައެކަނި ކުރެވޭ ކަމަކީ ކުދިން ފުރާފުރިހަމަ ޞިއްޙަތެއްގައި ތިބުމަށް ބޭޏުންވާ އަޅާލުމާއި ފުރިހަމަ ކާނާ ފޯރުކޮށްދިނުމެވެ.
(2) ހަރަކާތްތައް
ހަރަކާތްތަކަކީ އެހެން ނުފޫޒެކެވެ. ޖިސްމާނީ ގޮތުން ހެދިބޮޑުވުމާއެކުގައި މާހައުލުން ދަކުރުމާއި، އެއާއު ގުޅޭ ގޮތުން ޢަމަލުކުރުމުގެ ކުޅަދާނާކަން އިތުރުވެ އެވެ. ކުއްޖާގެ 'ވިލަރެސްކުރުން' ނިސްބަތުން ތަރައްޤީވުމަކީ: މިސާލަކަށް، ވެއްޓުނަ ނުދީ ހިފެހެއްޓުމުގެ އަސާސްތައް ދެނެނުގަނެވޭފަދަ، ސީސޯއަކަށް އަރައިގެން ނުވެއްޓި އުޅުމުގެ އަސާސްތައް ދެނެގަނެވުނުކަން ގޮތްބަލައިލުމަކުން އެނގުމެވެ. އެހެންވެ، އަހަރުމެންގެ މާހައުލާއި ގުޅޭހެން ހޯދައިބަލައި، ގޮތްބަލައި، ތަޙްލީލުކޮށްހަދައިގެން، މަޢުލޫމާތު ވަކިގޮތަކަށް އަތުރާލުމަށް ވިސްނުމަށް ބަދަލު ގެނައުމެވެ.
(3) އިޖުތިމާއީ ތަޖުރިބާ
އަހަރުމެން ހެދިބޮޑުވެގެން އަންނައިރު، ވަށައިގެންވާ މީހުންނާއި އަހަރުމެން ގުޅުންބަހައްޓާ ހަދަމު އެވެ. ޕިއާޖެޓްގެ ބުނުންތަކަށް ބަލާއިރު، އަހަރުމެންގެ މަޢުރޫފީ ތަރައްޤީއަށް އިޖުތިމައީ އިންތިގާލުވުން ނުވަތަ އެހެން ފަރާތްތަކުން ދަސްކުރުމުގެ ތެރެއިން ނުފޫޒުފޯރުވަ އެވެ. މިކަމާނުލައި އަހަރުމެންނަށް ޖެހޭނީ އަހަރުމެންގެ ސަގާފަތުން އަހަރުމެންނަށް އެނގިފައިވާ ހުރިހާ ޢިލްމެއް ނުވަތަ އެނގުންތަކެއް އަލުން އީޖާދުކުރާށެވެ. އެމީހެއްގެހުރި މަޢުރޫފީ ތަރައްޤީގެ ހަރުފަތްތަކެއްގެ މައްޗަށް ބިނާވެ އެމީހެއްގެ ސަގާފަތުން ދެނެގަނެވޭ މިންވަރު ތަފާތުވާނެ އެވެ.
(4) މުވާނަޒަތު
މަޢުރޫފީ ތަރައްޤީއަށް އަސަރުފޯރުވާ ކަންކަމުގެ ތެރެއިން ފަހުކަމެއްގެ ގޮތުގައި ހިމެނޭ ކަމަކީ މުވާޒަނަތުގެ މަރުޙަލާއެވެ. ނުވަތަ އިކިލިބްރޭޝަން އެވެ. އިންސާނުން މަޢުލޫމާތު އެއްކުރަނީ ނުވަތަ މައުލޫމާތު ލިބިގަންނަނީ، އިޖުތިމާޢީ އިންތިޤާލުވުން (social transmission ތަޖުރިބާކުރުން، ކަމެއްގައި މަސްޢޫލުވެއުޅުން، ތަރުތީބުކުޅައުމާއި ރޭވުންތަކުގެ ތެރެއިންނެވެ. ކޮންމެ މީހަކުވެސް އުފަންވަނީ ވިސްނުމުގެ އޮނިގަނޑުތައް ކުރިއަށްގެންދެވޭ ނަފުސާނީ އޮނިގަނޑެއްކަމަށްވާ 'މަޚްޠޫޠު' (ސްކީމް) އާ އެކުގައެވެ. މި ނަޒަރިއްޔާގައި ބުނާގޮތުން މަޚްޠޫތަކީ ވިސްނުމުގެ 'ރާނަ ގައު' (building blocks) ފަދަ އެއްޗެކެވެ. އެހެނީ، މިއީ ތަރުތީބުކުރެވިފައިވާ ނިޒާމީ ހަރަކާތްތަކެއް ނުވަތަ ދުނިޔެއިން ފެންނަ މަންޒަރެއް، އެއްޗެއް ނުވަތަ ކަމަކަށް ގުޅުވާލެވިފައިވާ ކަންތައްތަކެކެވެ.
(ނުނިމޭ)

No comments:

Post a Comment

ޚިޔާލު ފާޅުކުރައްވާ