އުނގަނައިދިނުމާއި އުނގަނައިދިނުމުގެ ނަޒަރިއްޔާތައް



އުނގަނައިދިނުމުގެ ސައިންސްގައި އުނގަނައިދިނުމުގެ ސައިންސީ އުޞޫލުތަކަށް ބޭނުންކުރާ އެއްލަފުޒަކީ 'ޕެޑެގޮޖީ' އެވެ. "ޕެޑެގޮޖީ" މި ލަފުޒަކީ ގްރީކު ބަހުން ނެގިފައިވާ ލަފުޒެކެވެ. އެހެނީ "ޕެއިޑޯ"(paido)ގެ މާނަ އަކީ 'ކުދިން' އަދި "އަގޯ" (ago) މާނަ އަކީ ލީޑު ނުވަތަ އިސްކަން ދިނުމެވެ. އެހެންކަމުން، ޕެޑެގޮޖީ ބޭނުންކުރެވެނީ ކުދިން ކުދިންނަށް އިސްކަން ދިނުމެވެ.

ލެޓިން ބަހަށް ބަލާއިރު، އެބަހުގައި 'ޕެޑެގޮޖީ' މާނަ ކޮށްފައިވާނީ 'ކުދިންނަށް ދެވޭ އިރުޝަދު' ތަކަށެވެ. ތަޙްލީލީ ނަޒަރަކުން ބަލާއިރު، މި ބަހުގެ މުރާދު އަމާޒުވަނީ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރާ ގޮތްތަކާއި ވައްޓަފާޅި އަދި ނުރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން ކުދިންނާއި ޒުވާނުން އަދި ބޮޑެތި މީހުންނަށް ދެވޭ އިރުޝާދާއި ކިޔަވައިދިނުމަށް ބޭނުންކުރާ އުޞޫލުތަކަށެވެ. ޕެޑެގޮޖީގެ އިދިކޮޅަކީ 'އެންޑްރޮގޮޖީ'(andragogy) އެވެ. މާނައަކީ ބޮޑެތިމީހުންގެ ދަސްކުރާ ދަސްކުރުމެވެ. އެންޑްރޮގޮޖީގައި ހިމެނެނީ ބޮޑެތި މީހުން އުނގެނުމަށް ބޭނުންކުރާ ގޮތްތަކާއި، ފަންނުތަކާއި، ސައިންސީ އުޞޫލުތަކެވެ.
 އުނގައިދިނުމުގެ ދާއިރާގެ މާހިރުންކަމަށްވާ ސިރާޖް، ބްލެކްފޯޑް، ސީލްވާ، މްޓޮކްލް، ގްލިންޑެން އަދި ބެލް (2002) ޤަބޫލުކުރައްވާ ގޮތުގައި ޕެޑެގޮޖީއަކީ އިޖުތިމާއީ ވެށީގެ ތެރެއިން ކުދިންގެ ކިބައިގައި ހަރުލެއްވުމަށް ބޭނުންވާ ހުނަރާއި ޢިލްމާއި، ޤަބޫލުކުރުންތަކާއި ޝަޚްޞިއްޔަތު ތަރައްޤީކުރުމަށްޓަކައި ބޭނުންކުރާ އުނގަނައިދިނުމުގެ އުޞޫލުތަކާއި ގޮތްތަކެވެ. އެ ބަހުގެ މުރާދަކީ ކިޔަވައިދޭ ފަރާތް ނުވަތަ މުދައްރިސާއި އުނގެނޭ ފަރާތް ނުވަތަ ދަރިވަރު ނުވަތަ މާހައުލާއި، އާއިލާ ނުވަތަ މުޖުތަމައު އާ ދެމެދުގައި ހިމެނޭ ގުޅުން ނުވަތަ މުވާސަލާތީ މަރުހަލާއެވެ.



 މި މާއްދާގައި އަލިއަޅުވާލެވިފައިވާ އުނގެނުމުގެ ނަޒަރިއްޔާތަކަކީ:
 (ހ) ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާ (Behavioral learning theory)
 ތަފްސީލް:
    ފުރަތަބައި:  http://fungaana.blogspot.com/2013/03/behavioraldetails.html
     ދެވަނަބައި: http://fungaana.blogspot.com/2013/03/2.html#more 

 (ށ) މަޢުރޫފީ އުނގެނުމުގެ ނަޒަރިއްޔާ (Cognitive learning theory)
 ތަފްސީލް:
ފުރަތަމަ ބައި:   http://fungaana.blogspot.com/2013/03/blog-post_28.html#more
ދެވަނަބައި:
 (ނ) އިޖުތިމާއީ މަޢުރޫފީ އުނގެނުމުގެ ނަޒަރިއްޔާ (Social Cognitive learning theory)
 (ރ) ބިނާއީއްޔަތު ނުވަތަ ބިނާއީ އުނގެނުމުގެ ނަޒަރިއްޔާ (Constructivism/ constructivist learning theory)
 (ބ) ޝައުޤުވެރި ކުރުވުމުގެ ނަޒަރިއްޔާ (Motivation)


1 comment:

  1. އެހެންވީމާ މި ޢިލްމަކީ ކުޑަކުދިން ޝައުގުވެރިކަންމަތީ ބައިތިއްބައިގެން އުގަންނައިދިނުމަށް ދަސްކޮށްދޭ ޢިލްމުތާ ދޯ.

    ReplyDelete

ޚިޔާލު ފާޅުކުރައްވާ