ޕޯސްޓްގްރެޖުއޭޓް
ސެޓްފިކޭޓް އިން އެޑިޔުކޭޝަން (ޕީ.ޖީ.ސީ.އީ)
އެޑްވާންސްޑް ޓީޗިންގ މެތަޑްސް (1CST 41)
އެސައިންމަންޓްތައް، ޓަރމް 1، 2013
އެސައިންމަންޓް
|
ތަފްޞީލް
|
މާރކްސް
|
ނިންމަން ޖެހޭ ތާރީޚް
|
މަސައްކަތް 1
|
"ކާމިޔާބު މުދައްރިސުންނަކީ އުނގަންނައިދިނުމުގެ
ތަފާތު ގޮތްތައް ބޭނުންކުރަން ދަންނަ، އެގޮތްގޮތް ކުލާސްރޫމުގައި ބޭނުންކުރާ
ބައެކެވެ. ނަމަވެސް، އަޅުގަނޑުމެންގެ ކުލާސްރޫމުތަކުގައި މިހެން މިކަން ވާތަން
ވަރަށް މަދުން ނޫނީ ނުފެނެއެވެެ".
މަތީގައި ވަ ބަޔާނާއި މެދު ތިބާ ދެކޭ ގޮތް / ޚިޔާލު، މި
މަސައްކަތަށް ކަނޑައަޅާފައިވާ ފޯރަމްގައި ހުށަހަޅާށެވެ. މި ފޯރަމްގެ މަޤްސަދަކީ
މި މާޢުލޫއާއި ގުޅޭ ގޮތުން ހިޔަލުފާޅުކޮށް އުފެއްދުންތެރި މަޝްވަރާތަކެއް
ކުރެވުމެވެ. ވީމާ، ކޮންމެ
ބައިވެރިއަކުވެސް ހަފްތާއަކު 2 ޕޯސްޓް ފޯރަމްގައި ހުށަހަޅަންވާނެއެވެ. މިގޮތުން، ކޮންމެ ބައިވެރިއަކުވެސް ފޯރަމްގައި
ތިމާގެ އަމިއްލަ ޙިޔާލު ހުށަހެޅުމަށްފަހު، އެހެން ބައިވެރިން ހުށަހަޅާ
ޙިޔާލުތަކާއި މެދު ދެކޭ ގޮތްވެސް ހުށަހަޅަން ވާނެއެވެ.
|
% 10
|
ކޮންމެ ބައިވެރިއަކުވެސް ހަފްތާއަކު 2 ޕޯސްޓް
ހުށަހަޅަންވާނެއެވެ. (ޕޯސްޓެއްގެ ދިގުމުނަކީ 60- 100 ލަފްޒެވެ)
|
މަސައްކަތް 2
|
މި މަސައްކަތުގައި ހަވާލުކުރެވިފައިވާ ސުވާލަށް ޖަވާބު
ދިނުމަށްފަހު، ޖެމްގައި މި މަސައްކަތަށް ކަނޑައެޅިފައިވާ ބަޔަށް
އަޕްލޯޑްކުރާށެވެ.
ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި ހިމެނޭ
އުނގެނުމުގެ ދާއިރާތަކުގައި އެ
ދާއިރާއެއްގެ މައިގަނޑު ޤާބިލިއްޔަތު ތަރައްޤީ ކުރުމަށް ޙިއްސާކުރާގޮތް/އަދި
މިންވަރު ބަޔާންކޮށްފައި އޮވެއެވެ. ޤައުމީ މަންހަޖުގެ މަޤްސަދުތައް ފުރިހަމައަށް
ޙާސިލްކުރުމަށް އެދޭނަމަ، މުދައްރިސުން މި އުނގެނުމުގެ ދާއިރާތަކަށް
އަހުލުވެރިވެ، އެބައިތައް ކިޔަވައިދިނުމުގެ ތެރެއިން ކުދިންނަށް
ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. ވީމާ، މީގެ ތެރެއިން ތިމާ ކިޔަވައިދޭ
ދާއިރާގެ ދެ ގޮތް/މިންވަރު (ކީ ކޮމްޕީޓެންސީ) ނެގުމަށް ފަހު އެ ދެ
ޤާބިއްލިއްޔަތު ދަރިވަރުންގެ ކިބައިގައި ތަރައްޤީކުރުމަށް، މުދައްރިސެއްގެ
ހައިސިއްޔަތުން ތިމާ މަސައްކަތް ކުރަނެ ގޮތް، މިސާލާއިއެކު ބަޔާންކުރާށެވެ.
(550-600 ލަފްޒު)
|
%10
|
15 މާރޗް 2013
(ހޮނިހިރު) |
އެޑްވާންސްޑް ޓީޗިންގ މެތަޑްސް (1CST 41)
މައިގަނޑު އެސައިންމަންޓް (ސުންގަޑި 03 މެއި 2013)
މަޤްޞަދު: ރާއްޖޭގެ
ސްކޫލްތަކުގައި ކިޔަވައިދިނުން ކުރިއަށްދާގޮތް ބަލައި ނޯޓުކުރުމުގެ ފުރުޞަތު
ދަސްކުރާ މުދައްރިސުންނަށް ހުޅުވާލާ އަދި ކްލާސްރޫމުގައި ކިޔަވައިދިނުމާއި މިއާ
ގުޅިގެން ހިނގާ ކަންތައްތަކާއިމެދު، މި މާއްދާގެ ތެރެއިން ދަސްވި ނަޒަރިއްޔާތަކުގެ
އަލީގައި ވިސްނާ ރަނގަޅު އަދި ނުރަނގަޅު ކަންތައްތައް ފާހަގަކޮށް އަދި
މިކަންކަމާއި ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބާކަން ފާހަގަކޮށް އަމިއްލަ
ޙިޔާލު ހުށަހެޅުން.
މަސައްކަތް:
·
ސާނަވީ ގްރޭޑެއްގައި ކިޔަވައިދޭ ދެ ގަޑި (ޕީރިއަޑް) އޮބްޒާރވްކުރުމަށް ފަހު،
މި މާއްދާގެ ތެރެއިން ދަސްވި ކަންތައްތަކުގެ އަލީގައި އެ ކުލާސްތައް ކުރިއަށް ދިޔަ
ގޮތާއި މެދު ދެކޭގޮތް މަޒްމޫނެއްގެ ސިފައިގައި ހުށަހަޅާށެވެ. އޮބްޒާރވްކުރެވުނު
ގަޑިތަކާއި މެދު ޙިޔާލު ފާޅުކުރާއިރު ތިރީގައިވާ ނުކުތާތަކަށް އަލިއަޅުވާލަންޖެހޭނެއެވެ.
1.
ފިލާވަޅަށް ތައްޔާރުވުމަށް އަދި ނަގާދިނުމުގައި އޮބްޒަރވް ކުރި ކުލާހުގެ
މުދައްރިސް ތިރީގައި މިވާ ކަންކަމަށް ވިސްނާފައިވާ މިންވަރު:
1.
ކުލާހުގައި ތިބި ދަރިވަރުންނާއި
އެ ދަރިވަރުން އުނގެނޭ ގޮތްތައް (ލަރނިންގ ސްޓައިލް)
2.
އުނގަންނައިދިނުން ކުރިއަށްދާ ހާލަތު/
އަދި ވެށި
3.
މުދައްރިސް އުނގަންނައިދޭ
ފިލާވަޅުގައި ހިމެނޭ މައުލޫމާތު ( ފިލާވަޅު ރޭވުމާއި އަދި ތަންފީޒުކުރުމުގައި
ފާހަގަ ކުރެވޭ ކަންކަން، މި ސުވާލަށް ޖަވަބުދޭއިރު މަންހަޖް، މުޤައްރަރު އަދިވެސް
އެހެން ބައެއް ހިމަނަން ބޭނުންނަމަ އެ ކަންކަމަށް ބަލާށެވެ.)
4.
ފިލާވަޅު ރޭވިފައި ވާ ގޮތް،
ތިރީގައިވާ ނުކުތާތަކަށް ވަކިވަކިން ބަލާލާށެވެ.
ހ. ލަނޑުދަނޑިއާއި
މަޤްޞަދުތައް ސާފުވާ މިންވަރު
ށ. ވަގުތު (ފިލާވަޅުގެ
އެކި ބައިތަކަސް ވަގުތު ކަނޑައަޅާފައިވާ ގޮތް)
ނ. ކިޔަވާދޭން
ބޭނުންކުރި އުކުޅު/ގޮތް/މެތަޑް
ރ. ކިޔަވާދިނުމަށް
ބޭނުންކުރި ތަކެތި/ވަޞީލަތްތައް،
ކިޔަވައިދިނުމުގެ
އެހީ
ބ. ފިލަވަޅު ކުރިއަށް
ގެންދިޔުމުގައި ބޭނުންކުރި ހަރަކާތްތައް، ފިލާވަޅުން ހާސިލުކުރުމަށް
ކަނޑައަޅާފައިވާ މަޤްޞަދުތަކާއި ލަނޑުދަނޑިތަކާއި ގުޅުންހުރި މިންވަރު
5. ނަގާދެވުނު ފިލާވަޅުގެ މަޤްޞަދު
ހާސިލްވިކަން ދެނެގަންނާނީ ކިހިނެއް؟ އެސެސްމަންޓް/އިމްތިޙާނުކުރި ގޮތް؟
2. ފާހަގަ ކުރަން
ބޭނުންވާ އެހެންކަމެއް ވާނަމަ އެކަމެއް އަދި މި ނުކުތާތައް އެއްނުކުތާ
އަނެއްނުކުތާއާ ގުޅިގެން ދާގޮތާއި މިންވަރުގެ މައްޗަށްވެސް
އަލިއަޅުވާލަންވާނެއެވެ.
No comments:
Post a Comment
ޚިޔާލު ފާޅުކުރައްވާ