ކާމިޔާބު މުދައްރިސެއް ނަމަ އެމުދައްރިސެއް
"ދަރިވަރުންގެ ބޮލަށް ވަދެ، އެމީހުންގެ ހިތް ފަތަޙަ ކުރާނެ" ކަމަށް ވޯލްކް،
އެސް، (2003) ހާމަކުރައްވަ އެވެ. މިކަން ކުޅައުމަށްޓަކައި މައިގަނޑުގޮތެއްގައި
ކަންކުރަން ޖެހޭ އުޞޫލާމެދު ޚިޔާލުފާޅުކުރައްވަމުން
ހަބަރމަން، އެމް، (1995)
ބަޔާންކުރައްވަނީ، ދަރިވަރުންގެ ހިތް އަތުލެވޭނީ މުދައްރިސުން ދަރިވަރުންނާ ދެމެދު
އޮންނަ ގުޅުން ބަދަހިކޮށް، ދަރިވަރުންނާ މުވާސަލާތު ކުރެވޭ މަގުތައް
ތަނަވަސްކޮށްގެންނެވެ. އަޅުގަނޑުމެންގެ ކުލާސް ރޫމުތަކުގައި މުދައްރިސުންނާއި
ދަރިވަރުންނާ އޮންނަނީ އެންމެ އެދެވޭ ގުޅުމެއްތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ.
ގިނަ މުދައްރިސުންނަށް ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ތަފާތު އުޞޫލުތަކާއި
ތަފާތު ނަޒަރިއްޔާތައް އެނގެއެވެ. ނަމަވެސް، އެގޮތްތައް ކުލާހުގައި ބޭނުން ކުރުންމަދުވަނީ
ދަރިވަރުންގެ ފަރާތުން އަތުވެދާނެ ކަންކަމަށް ބަލައިފަ އެވެ. ގިނަފަހަރަށް
ކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ފިލާވަޅެއް ކުރިއަށް ގެންދާ ނަމަ ކުލާހުގެ
އަޑުގަދަވެ، ކުލާހުގެ ހަލަބޮލިކަން އިތުރުވާ ކަމަށް މުދައްރިސުންނަށް ޤަބޫލުކުރެވެ
އެވެ. އަދި އެގޮތަށް، ކުލާހެއް ގެންދެވިގެން ކުދިންނަށް އެނގެންބޭނުންވާ މިންވަރު
ޚާސިލުވި ކަމާމެދު މުދައްރިސަށް ސުވާލު އުފެއްދެ އެވެ. އެހެންކަމުން، ކުލާސް
ކާމިޔާބު ކުޅައުމަށާއި ކިޔަވައިދިނުމުގައި ތަފާތު އުޞޫލުތަކާއި ގޮތްތައް
ބޭނުންކުޅައުމަށް ބޭނުންނަމަ އެންމެ ފުރަތަމަ މުދައްރިސާއި ދަރިވަރުންގެ
ދެމެދުގައި ހަރުދަނާ ބަދަހި ގުޅުމެއް ޤާއިމުކުރުން މުޙިއްމެވެ.
ހަވާލާތައް:
ވޯލްކް، އެސް. (2003).ހާޓް އެންޑް މައިންޑްސް، އެޑިޔުކޭޝަނަލް
ލީޑަރޝިޕް، 61 (1)، ޞ. 14 -18.
ހަބަރމަން، އެމް. (1995). ސްޓަރ ޓީޗަރސް އޮފް ޕަވަރޓީ.
ބްލޫމިންގްޓަން، އިން:ކައްޕަ ޑެލްޓާ ޕައި.
No comments:
Post a Comment
ޚިޔާލު ފާޅުކުރައްވާ