ލިޔުނީ ފަތުޙުﷲ އަޙްމަދު (2178)
މި ނަޒަރިއްޔާގައި ބުނާގޮތުގައި
އުނގެނުމަކީ ތަޖުރިބާއާއި ފަރިތަކުރުމުގެ ސަބަބުން ދާއިމީގޮތުން ސްލުކަށް އަންނަ ބަދަލެކެވެ. ސުލޫކީ އިލްމުގެ
މާހިރުން ގަބޫލުކުރާގޮތުގައި
އުނގެނުމަކީ އެތެރޭގެ ހަރަކާތެކެވެ. އެމީހެއްގެ ނަފްސުން އެކަމުގެ އެއްވެސް އަލާމާތެއް ނުފެންނަނަމަ
އުނގެނުނީ ކަމަށް ގަބޫލެއް
ނުކުރެވޭނެއެވެ. އެހެންކަމުން، މި ފަތްފުށްތަކުގައި އަލިއަޅުވާލައި
ބަލައިލާފައިވާނީ މި ނަޒަރިއްޔާގެ މައިގަނޑު މަފްހޫމުތައް ކަމަށްވާ،
"ކްލެސިކަލް ކޮންޑިޝަނިން"(ފަރިތަވެފައިވާ އާދަތައް)، "އޮޕަރެންޓް
ކޮންޑިޝަންނިން" އަދި އުނގެނުމުގެ ނަޒަރިއްޔާތަކުގެ ތެރެއިން އިޖުތިމާއީ
ނަޒަރިއްޔާ އަށެވެ.
'ކްލެސިކަލް ކޮންޑިޝަނިން' (ފަރިތަވެފައިވާ އާދަތައް) މި މަފްހޫމަކީ ރަޝިޔާގެ ފިޒިއޮލޮޖިސްޓެއް ކަމަށްވާ އިވާން ޕޯވްލޮވް (1849-1936) ދިރާސާކޮށް ތަރައްޤީކޮށް އެކުލަވާލާފައިވާ މަފްހޫމެކެވެ. ޕެޕިލިއާ، ފެލްޑްމަން & އޯލްޑްސް (2007)ގެ ރިވާކުރުން ތަކަށް ބަލާއިރު، ކްލެސިކަލް ކޮންޑިޝަން މާނަކުރައްވަނީ:
އިސްވެ ބަޔާންކުރެވުނު ރިވާކުރުންތަކަށް ބަލާއިރު ފާހަގަވާ ހަޤީޤަތަކީ ފަރިތަވެފައިވާ
އާދަތަކުގެ މައިގަނޑު ނުކުތާއަކީ ގުޅުވުމުވެ. މާނައަކީ ދެ އިހްސާސެއް (ސްޓިމިއުލެއް)
އެއްފަހަރާ ތަހްލީލުކުރެވިއްޖެ ނަމަ، އެ ދެ އެއްޗެއްގައި ގުޅުންތަކެއް އުފެދެ
އެވެ. މިސާލަކަށް، ހިސާބު ގަޑީގައި ކުލާހުގައި ކިޔަވާދެއްވާ މުދައްރިސަކީ ކުދިންނާ
ގާތްގުޅުމެއް ނެތް ބީރައްޓެހި މީހަކަށްވެފައި، އެ ގަޑީގައި ދެވޭ ނަންބަރުތައް
ފަހުމު ނުވެ އުނދަގޫ ގޮތެއް ހުރުން، ނުވަތަ މާގިނައިން ގެއަށް މަސައްކަތް
ހަވާލުކުރާނަމަ ނަތީޖާއެއްގެ ގޮތުން ހިސާބު ގަޑިއަށް ދަރިވަރު ފޫހިވެދާނެ އެވެ.
ޕޯލްވް އަށް މި ނަޒަރިއްޔާ
ނުވަތަ މި ހޯދުން ހޯދިފައިވަނީ އޮޅުމެއްގެ ތެރެއިންނެވެ. ހަޤީޤަތުގައި ޕޯލްވް
ބޭނުންވީ ހަޖަމު ކުރުމުގެ ތެރެއިން ކުޅު ނުވަތަ ދިޔަތައް ކިހާމިންވަރަކަށް ހިމެނޭތޯ
ބެލުމަށެވެ. އެންމެ ފުރަތަމަ އާއްމުކޮށް ޤަބޫލުކުރެވުނު ގޮތަށް ކުއްތާއަށް
ކާންދޭއިރު، މި ބުނާ ކުޅު ނުވަތަ ދިޔަ ބޭރުކުރި އެވެ. އޭގެފަހުން، ކުއްތާއަށް ކާ
އެއްޗެއް ފެންނަ އިރަށް ކުޅު ބޭރުކުރަން ފަށަ އެވެ. އެންމެ ފަހުން ކާންދޭން
ލެބޯޓެރީގައި އުޅުނު ސައިންޓިސްޓް ފެންނަ އިރަށް ކުޅު ނުވަތަ ދިޔަތައް ބޭރުކުރަން ފަށަ
އެވެ.
މި ލިބުނު ނަތީޖާތަކުގެ ސަބަބުން ޕޯލްވް އޭނާގެ އަސްލު ދިރާސާގެ ބަދަލުގައި
ދިރާސާގެ މިސްރާބު ބަދަލުކޮށްލި އެވެ. އެންމެ ފުރަތަމަ ޓިއުނިން ފޯކް ނުވަތަ
އަޑުގޮވާ އުލެއް ބޭނުންކޮށްގެން ކުއްތާގެ ހަރަކާތްތައް އޭނާ ދިރާސާކުރިއެވެ.
ފާހަގަކުރެވުނު ކަމަކީ ހަމައެކަނި އެއަޑު އަހައިގެން ކުއްތާގެ ކުޅު ދިޔާ
ނުވާކަމެވެ. މިހާލަތުގައި މިއަޑު ވެގެން ދިޔައީ އެއްވެސް ބަދަލެއް ނާންނަ އިހްސާސަކަށެވެ.
އެއީ އޭގެ ސަބަބުން ކުއްތާއަށް ބަދަލެއް ނައުމުންނެވެ. ދެން އެއަށް ފަހު
ކުއްތާއަށް ކާންދިނެވެ. ނަތީޖާއެއްގެ ގޮތުން ކުއްތާގެ ކުޅު ދިޔާވި އެވެ.
ކުއްތާއަށް ދެވިފައިވަނީ ހޭނިފައި ނުވާ (އަންކޮންޑިޝަން) އިޙްސާސެކެވެ.
އެހެންކަމުން، މިފަހަރު ކުޅު އައީ އެއްވެސް ކަމަކާ ނުގުޅުވަނީސް އަމިއްލަ
އިޙްތިޔާރުގައެވެ.
އަޑުގޮވާ އޫ ބޭނުންކޮށްގެން އުލުގެ އަޑަށް ކުއްތާގެ ކުޅު
ދިޔާވާނެ ކަން ޕޯލްވް ހާމަކޮށްދިނެވެ. އެއީ، ކާނާއާ މިއުލުގެ އަޑާ
ގުޅުވައިގެންނެވެ، އެއް ވަގުތެއްގައި އެ ދެ ކަންތައް ގުޅުވައިގެންނެވެ. އެގޮތުން
އެންމެ ފުރަތަމަ އެ އުލުގެ އަޑު އިއްވުމާއެކު ލަސްނުކޮށް ކުއްތާއަށް ކާންދެމުން
ގެންދިޔަ އެވެ. އޭނާ މިކަންތައް އެތައް ފަހަރަކު ތަކުރާރުކުރަމުން އެ އުލުގެ އަޑު
އިވެން ފަށާއިރަށް، ކާންނުދެނީސް ކުއްތާ ކުޅުދިޔާވަން ފެއްޓި އެވެ. އެހެކަމުން
އުލުގެ އަޑު ވެފައިވަނީ ކުއްތާ ކުޅުދިޔާކޮށްލެވޭ ހޭނިފައިވަ އިހްސާސަކަށެވެ (
ކޮންޑިޝަނަލް ސްޓިމިއުލް ނުވަތަ CS).
މިއަޑަށްފަހު ކުޅުއައުމުން އެކަން ވެފައިވަނީ ހޭނިފައިވާ އާދަ (ކޮންޑިޝަނަލް
ރެސްޕޯންސް ނުވަތަCR) އަކަށެވެ.
ފަރިތަވެފައިވާ އާދަތަކުގައި، ދެ
ވައްތަރެއްގެ އިޙްސާސްތަކާއި 2 ވައްތަރެއްގެ ރައްދު ހިމެނެ އެވެ. އެއީ ހޭނުވިފައި
(ފަރިތަވެފައި) ނުވާ އިޙްސާސްތަކާއި ފަރިތަވެފައިވާ އިޙްސާސެވެ. ހަމައެގޮތަށް،
ފަރިތަވެފައިވާ ރައްދާއި ފަރިތަވެފައި ނުވާ ރައްދު ވެސް ހިމެނެ އެވެ. އަންނަނިވި
ޗާޓުގައި އެވަނީ ތަފްސީލީ ބައެއް މައުލޫމާތެވެ.
އަންނަނިވި ތަސްވީރުތަކަށް ނަޒަރު ހިންގާލުމުން މި
ބައިތައް ފަސޭހައިން ފަހުމު ވާނެ އެވެ.
ހޭނުވުމުގެ ކުރިން، ރަނގަބީލުގެ އަޑުވާނީ ޠަބިޢީ އިޙްސާސްއަކަށެވެ. ޠަބިޢީ އިޙްސާސަކީ، ކަމަކަށް ހޭނުމުގެ ކުރިން، އެއްވެސް ހަރަކާތެއް އަދި ކަމެއްގެ ސަބަބުންވެސް ޠަބައީ ގޮތުން ބަދަލެއް ނައުމެވެ (ފެލްޑްމަން، 2005)..
އެހެނަސް، ހޭނުވިފައި ނުވާ އިޙްސާސްތަކަކުން ހޭނުވިފައި ނުވާ ރައްދު ތަކެއް ނެރެވިދާނެ އެވެ.
ހޭނުވުމުގެ ދުވަސްވަރު، ޠަބިއީ އިޙްސާސްތައް
އާލާވާންފަށައެވެ. މިކަން އަންނަފަށަނީ ހޭނުވިފައިނުވާ އިޙްސާސްތަކެއް އަންނަން
ފެށުމާއެކު ހޭނުވިފައި ނުވާ ރައްދެއް ދޭން ފެށުމުންނެވެ.
ކަމަކަށް ރަނގަޅަށް ފަރިތަވުމުން، ޠަބިއީ
އިޙްސާސްތައް އެއީ ހޭނިފައިވާ އިޙްސާސްތަކަކށް ބަދަލުވެ އެވެ. އަމިއްލަ ޒާތުގައި
ކުޅު ދިޔާވެއެވެ. އެހެންކަމުން، މިދަނޑިވަޅުގައި ކުޅުދިޔާވާ ދިޔާވުން ވެގެންދާނީ
ހޭނުވިފައވާ ރައްދަށެވެ.
އިންސާނުން ގަސްތުގައި ކުރާ
ކަންތައްތަކަށް 'އޮޕަރެންޓް' އޭ ކިޔަ އެވެ. މި ސުލޫކުން ދަސްކުރާ ނުވަތަ އުނގެނޭ
އުނގެނުމުގެ މަސައްކަތަށް ކިޔަނީ 'އޮޕަރެންޓް ކޮންޑިޝަނިން' ނުވަތަ
'އިންސްޓްރްމަންޓަލް ކޮންޑިޝަނިން' (އިރުޝާދީ އާދަތައް) އެވެ. މި އީ ބީ އެފް
ސްކިނަރ ތަޢާރަފްކޮށްފައިވާ މަފްހޫމެކެވެ.
އޮޕަރެންޓް ކޮންޑިޝިންއަކީ،
އިންސާނާގެ ސްލޫކުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށް އިނާމެއް ނުވަތަ އަދަބެއް ލިބޭ
ލިބުމުގެ މަގުން އޭނާއަށް ދަސްވާ
ދަސްވުންތަކެވެ. މިކަމުގެ މިސާލުތައް އަޅުގަނޑުމެންގެ ޙަޔާތުގައި ވަރަށް ގިނައިން
ފެންނަން އެ ބަހުއްޓެވެ. މިސާލަކަށް، ޓީޗަރުގެ ކިބައިން ނުވަތަ ބެލެނިވެރިޔާގެ
ކިބައިން އިނާމު ލިބިގަތުމުގެ ބޭނުމުގައި ގެއަށް ހަވާލުކުރެވޭ މަސައްކަތްތައް
ނިންމާ ދަރިވަރުންނާއި، ވަޒީފާގެ ކުރިއެރުން ލިބިގަތުމަށް އޮފީހުގައި ކުރަންޖެހޭ
މަސައްކަތްތައް ބަރާބަރަށް ނިންމަމުންދާ މުވައްޒަފުންނެވެ. މި މިސާލުތަކަށް
ބަލާއިރު، ސުލޫކު ބަހައްޓާގޮތަކުން އެ ސުލޫކަށް އިނޭމެއް ލިބޭނެކަން މީހާއަށް
އެނގިފައި އޮތުމުން، އޭނާގެ ސުލޫކު އިތުރުވެގެން ދެއެވެ.
(ނުނިމޭ)
ވަރަށް ފުރިހަމަ މަސައްކަތެއް. މިލިޔުން ކިޔާލިއިރު މިނަޒަރިއްޔާއާއި ގުޅޭގޮތުން ވަރަށް ރަނގަޅަށް މަޢުލޫމާތު ލިބިގެން ގޮއްސި. ކޮންމެ ބައެއްވެސް ވަކިކޮށްލެވިފައިވާ ގޮތުން ވަރަށް ރަނގަޅަށް މަޢުޟޫ ދޭހަވެގެން ހިގެއްޖެ.
ReplyDeleteވަރަށް މޮޅު އަދި ފުރިހަމަ ލިޔުމެއް.
ReplyDeleteލިޔުން ކިޔާލުމުން މި ނަޒަރިއްޔާއާއި ގުޅޭ މަޢުލޫމާތުތައް ވަރަށް ރަނގަޅަށް ދޭހަވެއްޖެ. ޢިބާރާތް ތައް ގެނެސްދީފައިވަނީ ބުނެދޭއެއްޗެއް ފަޗޭހައިން އެހެން މީހުންނަށް ވިސްނޭ ގޮތައް އަދި ޑައިގުރަމްތައް ހިމަނާލާފައިވުނުން ލިޔުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ (ވަރަށް ރަނގަޅު ލިޔުމެއް
ReplyDelete